2026 މާރިޗު 17 ވީ ދުވަހު މި މަޖައްލާގައި އަޅުގަނޑު ޝާޢިޢި ކޮށްފައިވާ “މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، ޝާޢިރުލް މަޖްހޫލްގެ ގަލަމުން”، މި ލިޔުމުގައި އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ތާރީޚުގެ ތެރެއިން މ.މ.ދ. ޖަމްޢިއްޔާ އަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި އަލްމަރްޙޫމް ތަޅަމުދިގޭ އަޙްމަދު ޝާކިރު ހައްދަވާފައިވާ ލަވަ، ހިމަނާލަމެވެ.
މި ލަވަ ޝާޢިޢު ކޮއްފައިވަނީ 1 ޛުލްޤައިދާ 1373 (2 ޖުލައި 1954) ގައި ނެރެވުނު ސަރުކާރުގެ ޚަބަރުގައެވެ.
މ.މ.ދ. ޖަމްޢިއްޔާ އަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި
އަޙްމަދު ޝާކިރު
ޝުޢޫރަކީ މި ދާ ޝުޢޫރަކީ މި ދާ، ރޫޙު ދޭށަ ޤައުމުގައި ނުފޫސްތައް ދިރާ
ދޭހަ ރޯޝަނީވެގެން މި ޖައްވު އަލިވަނީ، ފަރިވެ ރޭގެ ނިސްބަތުން މި ޒާރު ފަރިވަނީ،
ލޯބިގެނުވި ޤައުމީ މިޒާޖަކީ މިއޭ، ޢަޞްރުގައި މި މަޢުނަވީ ޢިލާޖަކީ މިއޭ،
އުފާ އެއިން ދެމާހޭ ޚިޔާލު އައުކުރާ، ރޫޙު ދޭށަ ޤައުމުގައި ނުފޫސްތައް ދިރާ،
ފޮޅޭހައި މައު ގުލްޝަނުން ބަބުޅަނީ ނޫރަކުން، މިރޭ މި ދޭ ރޫޙާނީ އަސަރުން އާރޯވަމުން،
ނާރާނޭ ކޫރުމެއް އައި ތަމީޒަކުން، މ.މ.ދ.ޖީމު ޢަޒުމު، އާކުރާ ގޮތުން،
ޝަހީދުވެގެންދާނީ އެ ޖިހާދުގައި ކުރާ، ރޫޙު ދޭށަ ޤައުމުގައި ނުފޫސްތައް ދިރާ،
ފޫދިގެން މި ހިތްތަކުން ނުކުންނަނީ މިރޭ، ދޫވެގެން ޚިޔާލުތައް މި ގޮތްގޮތުން ފިރޭ،
ދޭހަކުރުވި ނަޡުމުން ޝުކުރާއި ތަހުނިޔާ ބަލްބަލާ އެ ޙައްޤުވީ މަގުން ދެމުން ކިޔާ،
އިޚާވަތުން މި ޤައުމީ ހިތްތައް ދެނީ ފުރާ، ރޫޙު ދޭށަ ޤައުމުގައި ނުފޫސްތައް ދިރާ،
ނަސީމީ ވައިރޯޅިތައް ނަޡަރުން ހިންގޭ އެއަށް ހަނދާނުގައި ހަރުލައިގެން ތަޢުލީމީ ގުލްޝަނަށް،
ތާޒާކަން ގެންނަނީ އެ ނޫރުތައް ވިދާ، ފަރިވި މާތަކުން މި ރައުޙު ދީބުގައި ހިނގާ،
އަމާޒުވަމުން ދާނީއެ ދިޔާނަތުން ފުރާ، ރޫޙު ދޭށަ ޤައުމުގައި ނުފޫސްތައް ދިރާ.
ހަހައް، ހަހައްހަހާ، ހެވޭ ދެވޭނެޔޭ، ސަމާލުގައި ވަނީ އަދާކުރަން. ހިތުން....