އިއްސެއަށް އޭނާގެ ދަރިފުޅު ރިއްޕެގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަވިއެވެ. ރޭގަޑު ދިގުދެމިގެންދާ ގޮތަށް ބޭރުގައި އުޅުމާއި، ވައުދުތަކާ ޚިލާފުވުމާއި، އަދި ކުއްލި ކުއްލިއަށް ރުޅިގަދަވުން ފަދަ ކަންކަމެވެ. އިއްސެ މަސައްކަތްކުރީ ރިއްޕެއަށް ވިސްނައިދޭށެވެ. ނަމަވެސް، ރިއްޕެ އެ ހުރިހާ ކަމަކަށް އިންކާރުކުރިއެވެ. އެއްރެއަކު، މި ޒުވާބުތައް ބަދަލުވެގެންދިޔައީ ހަޅޭއްލެވުމާއި، ބާރަށް ދޮރުތައް ޖެހުމާއި، އަދި ބިރުދެއްކުމަށެވެ. މި ހިސާބުން، ހަމައެކަނި އޮތް ލޯތްބަކުން އޭނާއަށް ރައްކާތެރިކަން ނުލިބޭނެކަން އިއްސެއަށް ގަބޫލުކުރެވުނެވެ. އޭނާއަށް ބޭނުންވީ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި ހިފަހައްޓާނެ އިންތަކެއް ނުވަތަ 'ބައުންޑަރީސް' ކަޑައެޅުމަށެވެ.
އިންތައް ކަޑައެޅުމަކީ ދުރުކޮށްލުމެއް ނޫން، އެއީ ރައްކާތެރިކަމެކެވެ
އާއިލީ ރިކަވަރީއާ ގުޅޭ ދިރާސާތަކުން ދައްކާގޮތުގައި، ވަކި އިންތަކެއް ކަޑައެޅުމަކީ ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ނޭދެވޭ ކަންކަމަށް ހިތްވަރުލިބުން ހުއްޓުވައިދޭ ކަމެކެވެ. މިއީ މީހަކު ދުރުކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. ރިކަވަރީގެ މަރުހަލާގައި ތިބޭ ފަރާތްތަކަށް އެގޭ ފަދައިން، ހަގީގަތާ ކުރިމަތިލާން ބޭނުންނުވާ ހާލަތްތަކުގައި މީހުން ރުޅި އިސްކޮށްފާނެއެވެ. އިންތަކެއް ކަޑައެޅުމުން ހަދާންކޮށްދެނީ އެއްކަމެކެވެ: ތިބާގެ އަމިއްލަ ސަލާމަތަކީ ވެސް މުހިންމު އެއްޗެއްކަމެވެ.
ކަޑައެޅިދާނެ ބައެއް އަމަލީ އިންތައް
ސާފުކޮށް އަދި މަޑުމައިތިރިކަމާއެކު ބުނުން: "ތިގޮތަށް ހަޅޭއްލަވައި ނުވަތަ ބިރުދައްކާ ނަމަ، އަހަރެން މިތަނުން ދާނަން"
ސާބިތުކަންމަތީ ދެމިހުރުން: މީހަކު މަސްތުގެ ހާލަތުގައި ހުންނަ ވަގުތު ނުވަތަ ފަހުން މާފަށް އެދޭ ވަގުތުތަކުގައި ވެސް، ކަނޑައަޅާފައިވާ އުސޫލުތަކަށް ދޫ ނުދޭށެވެ.
ސަލާމަތަށް އިސްކަންދިނުން: ކުއްލި ހާލަތެއްގައި ނިކުމެގެންދާނެ މަގުތަކާއި، ގުޅޭނެ ނަންބަރުތައް ފާހަގަކޮއްފާ ބަހައްޓާށެވެ. އެހީއަކަށް އެދެން ފަސްނުޖެހޭށެވެ.
ބޭކާރު ޒުވާބުތަކުން ދުރުހެލިވުން: ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ މީހަކާ ތާކުންތާކުނުޖެހޭ ބަހުސްތަކެއް ކޮށްގެން ކާމިޔާބެއް ނުވާނެއެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސުގެ ހަމަޖެހުން ހޯދާށެވެ.
"އަހަރެން" އިސްކޮށް ވާހަކަދެއްކުން: "ތިގޮތަށް ރުޅިއައިސް މަސްތުގެ ހާލަތުގައި ހުންނަ ވަގުތުތަކުގައި އަހަރެން ބިރުގަނޭ." މިފަދައިން ބުނުމުން ކުރިމަތީގައި ހުރި މީހާ ކުށްވެރިކުރުމުގެ ބަދަލުގައި ތިމާއަށް ކުރެވޭ އިހުސާސްތައް ބަޔާންކޮށްދެވޭނެއެވެ.
އަނިޔާވެރިކަން އިތުރުވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް
އަނިޔާވެރި އަމަލެއް ނުވަތަ ބިރުދެއްކުމެއް ކުރިމަތިވެއްޖެ ނަމަ:
ވީ އެންމެ އަވަހަކަށް އެ ތަނަކުން ދުރަށް ދިއުމަށް އިސްކަންދޭށެވެ.
ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމަށް ވަގުތުން އެދޭށެވެ. ތިމާގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ ފުރަތަމަ އިސްކަންދޭންޖެހޭ ކަންތަކެވެ.
ކުރިމަތިވާ ހާދިސާތަކުގެ މައުލޫމާތު ނުވަތަ ހެކި ރައްކާކުރާށެވެ. މިއީ ކުރިއަށް އޮތް ތަނުގައި ގާނޫނީ ރައްކާތެރިކަމާއި އެހެނިހެން އެހީތެރިކަން ހޯދުމަށް މުހިންމު ކަމެކެވެ.
މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ މާހިރުންނާއި، އިރުޝާދުދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާށެވެ.
އިންކާރުކުރުމާ (Denial) ކުރިމަތިލުން
އިންކާރުކުރުމަކީ އަމިއްލަ ނަފްސަށް އިހުސާސްވާ ލަދުވެތިކަމާއި ބިރުވެރިކަމުގެ ސަބަބުން އުފެދޭ އައްޑަނައެކެވެ. މިއީ އެކަނިމާއެކަނި ގިރާކުރެވޭނެ ކަމެއް ނޫނެވެ. މިފަދަހާލަތް ތަކުގައި ކުރެވިދާނެ ކަންކަމަކީ:
ޝަރުތުތަކަކާ އެކު އެހީތެރިކަން ހުށަހެޅުން: "ފަރުވާ ހޯދަން ގަސްދުކުރާ ނަމަ، އަހަރެން އެހީތެރިވެދޭން ތައްޔާރަށް ހުރީމެވެ".
ގޯސް ކަންކަމަށް މަގުފަހިކޮށްދިނުން ހުއްޓާލުން: ފައިސާ ދިނުމާއި، ކުށްތައް ފޮރުވައިދިނުމާއި، އަދި އޭނާ ސަލާމަތް ކުރުމަށް އެކި ބަހަނާތައް ދެއްކުން ހުއްޓާލާށެވެ.
އަމިއްލަ ނަފްސަށް ބޭނުންވާ އެހީތެރިކަން ހޯދުން: ކައުންސިލަރުން ނުވަތަ އެހީތެރިކަން ފޯރުކޮށްދޭ އިޖުތިމާއީ ޖަމާޢަތްތަކާ ގުޅުން ބާއްވައި، އެފަރާތްތަކުގެ އެހީތެރިކަން ހޯދާށެވެ.
ޝިފާލިބުމަށްޓަކައި އިންތަކެއް (Boundaries) ކަނޑައެޅުން
ރިއްޕޭ އެހީތެރިކަން ގަބޫލުކުރީ އިއްސޭ އޭނާއަށް އާދޭސްކުރުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި، ރިޢްޕޭ ކުރާ ކޮންމެ ކަމަކުން އޭނާ ސަލާމަތްކުރަން އިއްސޭ ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމުންނެވެ. އިންތަކެއް ކަނޑައެޅުމުން، ރިއްޕޭއަށް އޭނާގެ އަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހި، ފަރުވާ ހޯދުމުގެ މަގު ހިޔާރުކުރަން ފުރުސަތު ލިބުނެވެ.
ރިކަވަރީގައި ހުރުމުގެ އިތުރުން މިދާއިރާގެ ފައްނީ މީހެއްގެ ހައިސިއްޔަތުން އަހަރެން ގަބޫލުކުރާ ގޮތުގައި، ކަނޑައެޅޭ އިންތަކަކީ އަހަރެމެން ވަކިކުރާ ފާރުތަކެއް ނޫނެވެ. އެއީ ގުޅުވައިދޭ ފާލަންތަކެކެވެ. އެ އިންތަކުގެ ސަބަބުން އަހަރެމެންގެ ރައްކާތެރިކަން ކަށަވަރުވެ، ލޯބިވާ މީހުން ޒިންމާދާރުވުމަށް މަގުފަހިވެ، އަދި ޝިފާލިބުމަށް ބޭނުންވާ މާހައުލު ގާއިމުވެގެންދެއެވެ.