By admin | 13 Feb 2026

ރައްޔިތުންގެ ދަރަނީގެ ހިސާބު: މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އާއި، ދޮންކޮއްކޮ ޚަތީބު ގެ ހަދިޔާ

ތިރީގައި ލިޔެފައިފައި އެވާ ޚަބަރަކީ، މ.މ.ދ. ޖަމްޢިއްޔާ އާއި ގުޅުން ހުރި ޚަބަރެކެވެ. އެއީ ސަރުކާރުން ޝާޢިޢު ކުރައްވަމުން ގެންދެވި ސަރުކާރުގެ ޚަބަރުގެ 46 ވަނަ ޢަދަދުގައި ލިޔެފައިވާ ޙަބަރެކެވެ. ތާރީޚަކީ 1 ޝައްވާލް 1366 (18 އޯގަސްޓް 1947) އެވެ. މި ޙަބަރުގައި ބުނެފައި ވާކަމަށް ބެލެވެނީ، އެކިއެކި ސަބަބުތަކަށްޓަކައި، ރައްޔިތުންނަށް ސަރުކާރުން ދޫކޮށްފައިވާ ދަރަންޏަށް ލުޔެއްދިނުމުގެ ގޮތުން މ.މ.ދ. ޖަމްޢިއްޔާއިން ހަދިޔާކުރި -/100 ރުފިޔާގެ ވާހަކައެވެ. މި ޙަބަރީ މ.މ.ދ. ޖަމްޢިްޔާގެ ތާރީޚަށް މުހިންމު މަޢުލޫމަތެއް ކަމުގައި ދެކޭތީ މި މަޖައްލާގެ ތާރީޚު ބައިގައި އަލުން ލިޔެ ޝާޢިޢު ކުރީއެވެ. ޙަބަރު ލިޔުއްވި ވަކި ބޭފުޅެއްގެ ނަން ނޫހުން އެގޭކަށް ނެތެވެ.


ރައްޔިތުންގެ ދަރަނީގެ ހިސާބުގައި ޖަމާ ކުޅައުމަށް މަދްރަސަތުލް މަޖީދިއްޔާގެ، މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ފަރާތުން ނުހަނު ދީލަތިކަމާއެކު =/100 ރުފިޔާ، ދަރަނީގެ ހިސާބު ކޮމިޓީގެ ރައީސް އަށް ފޮނުވައިފި ވާހަކަ، އަޅުގަނޑުމެން މި ޝާއިޢު ކުރަނީ، އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ. ހަމަ މިހިސާބުގައި ޖަމަޢުކުޅައުމަށް ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭފާނުވެސް =/100 ރުފިޔާ ފޮނުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރައްޔިތުންގެ ޚާއްޞަ ޖަލްސާއަށް ޙީޟިރުވި މެންބަރުން ހަނދާންހުންނާނެފަދައިން، ދީލަތިކަމުގެ އަތަކުން ދަރަނީގެ ހިސާބުން ފުރަތަމަ ތަންކޮޅެއް ކަނޑާލުމަށް ވަޢުދުވީވެސް، އަތޮޅުވެރި ދޮންކަ ހަދިޔާގެ ވާހަކަ އަޅުގަޑުމެންގެ ހަނދާނުގެ ކުށަކުން ކުރީމަހު ނޫހުގައި ނުލިޔެވުނީއެވެ. އެކަމަށްޓަކައި، އެކަލޭގެފާނުގެކިބައިން އަޅުގަނޑުމެން އެދެނީ މަޢާފް އަށެވެ.